
-
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ރަހަވަރު"ގެ ނަމުގެ ހައްސަ ކެއްކުމުގެ މުބާރާތެއް މިއަދު ބާއްވައިފިއެވެ.

މިއަދު ދުވާފަރުގައި ކުރިޔަށް ދިޔަ މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ. އެގޮތުން މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.
މި ކެއްކުމުގެ މުބާރާތް ކުރިއަށްގެނގޮސްފައި ވަނީ މުޅި ރ އަތޮޅަސް ހުޅުވަލައިގެންނެވެ. ރަހަވަރު ކެއްކުމުގެ މުބާރަތުގައި ރ އަތޮޅުގެ ގިނަ އަދަދެއްގެ އަންހެން އަދި ފިރިހެނުން ވަނީ ބައިވެރިވެފައެވެ.
މި ކެއްކުމުގެ މުބާރާތުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ދިވެހީންގެ ކެއުން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުންކުރުމުގެ މުހިންމުކަން ދައްކުވައިދިނުމެވެ.
މުބާރާތުގައި އެއް ވަނަ އަށް ގޮސްފައިވަނީ ޓީމް ގޯލްޑް ފިޝް އެވެ. އަދި ދެ ވަނަ އަށް ގޮސްފައި ވަނީ ޓީމް ރެހެންދީ އަދި ތިން ވަނަ އަށް ގޮސްފައި ވަނީ ޓީމް މަސްރޯދިއެވެ.







