
-
ރ ދުވާފަރުގައި 50 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށާއި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ އޮންނަ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް މިއަދު އެރަށަށް ވަޑައިގެންނެވުމުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
އެގޮތުން މި މަޝްރޫއު ސަރުކާރުން ހަވާލުކުރީ ހައުސިންގ ޑިޗެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީއާއިއެވެ. އެޗްޑީސީއާއި މި މަސައްކަތް ހަވާލުކުރުމަށްޓަކައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހެއިރެވެ.
މި މަޝްރޫއުގެ ދަށުން ދުވާފަރުގައި 3 ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ ހައުސިންގ ޔުނިޓުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
މި މަޝްރޫއުއަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުފުޅުގެ ތެރެއިން މުޅި ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.







