logoEN
Sto top
ސްކީމުގެ ސަބަބުން މެރިކަލްޗަރގެ ވިޔަފާރިތައް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ: ސީއީއޯ

ސްކީމުގެ ސަބަބުން މެރިކަލްޗަރގެ ވިޔަފާރިތައް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ: ސީއީއޯ

ހުސައިން އަހްމަދު

logo

12/10/2025, 8:13:22 AM

# އެސްއެމްއީ ޑިޖިޓަލް# މެރިކަލްޗަރ ސްކީމް

ފޮޓޯ: ޕީއެސްއެމް

މެރިކަލްޗަރ ސްކީމުގެ ސަބަބުން މެރިކަލްޗަރގެ ވިޔަފާރިތައް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވެއްޖެއެވެ.

Wamco

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ މިހެން ވިދާޅުވީ މެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީ ދިނުމަށް 'މެރިކަލްޗަރ ސްކީމް'ގެ ނަމުގައި ޚާއްސަ ސްކީމެއް ތަޢާރަފްކުރުމާ ގުޅިގެން ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

މި ސްކީމާ ގުޅޭގޮތުން ސީއީއޯ ވީދާޅުވީ، މެރިކަލްޗަރ ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، ފަސޭހަ އަދި ލުއި ގޮތެއްގައި މޫދު ކޮށިތަކަށް މާލީ އެހީ ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭނެ ވަރަށް މުހިންމު މާލީ އެހީތެރިކަމެއް ކަމަށެވެ.

މީގެ އިތުުރުން، މި ފައިނޭންސިންގެ ބޭނުން ހިފައިގެން، މެރިކަލްޗަރގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ މިހާރު ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް، އެ މަސައްކަތްތައް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް ބަދުރުއްދީން ފާހަގަކުރެއްވިއެވެ.

ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ އަނބުރާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީވެސް، ގިނަ ބަޔަކަށް މީގެ މަންފާ ލިބޭނެ ކަމެއް. އަޅުގަނޑުމެންގެ އެދުމަކީ، މިފަދަ ފަހި ފުރުސަތުތަކުގެ ސަބަބުން މެރިކަލްޗަރ ސިނާޢަތް ހަރުދަނާވެ، އިތުރަށް ކުރިއަރައި ތަރައްޤީވެގެން ދިއުން." އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން

މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 13 ވަނަ ދުވަހުއެވެ.އެސްއެމްއީ ޑިޖިޓަލްއިން ބުނީ މި ސްކީމަކީ މެރިކަލްޗަރގެ މަސައްކަތްތަކަށް ބޭނުންވާ މޫދުކޮށި ހޯދުމަށް މާލީ އެހީތެރިކަން ދިނުމުގެ މަޤްސަދުގައި ކުރިޔަށްގެންދާ ސްކީމެކެވެ.

މި ސްކީމްގެ ދަށުން، މެރިކަލްޗަރ ވިޔަފާރިތައް ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް މޫދުކޮށި ދޫކުރާނީ، މަސްވެރިކަމާއި ބެހޭ ވުޒާރާއިން ކަމަށާއި، މި ކޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ލުއިފަސޭހަ އިސްލާމީ އުސޫލުތަކެއްގެ ދަށުން މާލީ އެހީތެރިކަން ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.މި ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެކަން އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC