-
ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ލިބޭގޮތަށް ޕެންޝަނާއި ބެހޭ ޤާނޫނަށް އިސްލާޙު ގެންނަން ހުށަހަޅުއްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މިކަން ހާމަކުރެއްވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ޕެންޝަން ފަންޑުގެ ބޭނުން ހިފުމުގައި ހުރި ދަތިތަކާއި ގުޅޭ ކަންބޮޑުވުންތައް ހެންވޭރުގެ ރައްޔިތަކު ހިއްސާކުރެއްވުމާއިއެކު އެކަމަށް ޖަވާބުދެއްވައި ރައީސް ވިދާޅުވީ ، ޕެންޝަން ފަންޑާއި ގުޅިގެން އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ޤާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި ޕެންޝަން ފަންޑުގެ ބޭނުން ހިފޭގޮތަށް މިހާރުވެސް ބައެއް ކަންކަން ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް މިހާރަށްވުރެ ގިނަ ފުރުޞަތުތައް ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވި އެވެ.
"ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް، އާދެ އެޚާއްސަ ހާލަތްތައް އޭގައި ބަޔާންކުރެވޭނެ، އެހެންވީމަ މިހާރަށްވުރެ ގިނަ ފުރުޞަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް ޤާނޫނަށް އިސްލާހު އެބަ ހުށަހަޅަން" ރައީސް ވިދާޅުވިއެވެ.
ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ކަންކަން ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ގުޅުންހުރި
ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތް ހަދަނީ
އެއް ކޮޓަރީގެ ފްލެޓް ލިބުނު ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިޞްލާޙުކުރަނީ

ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލާ ބިލް، ރައީސް ތަސްދީގުކުރައްވައިފި





