
މާލެގެ ދެ ގެއެއް ފާސްކޮށް 500 އަށްވުރެ ގިނަ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް އަތުލައިގަނެފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މާލެގެ ދެ ގެއެއް ފާސްކޮށް 500 އަށްވުރެ ގިނަ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް އަތުލައިގަނެފި އެވެ.

ފުލުހުން ރޭ ބުނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 ޑިސެންބަރު 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވަރޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވާ ކަމަށާއި އަދި އަނެއް ގެއިން 331 ފްލޭވަރޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މުޅި ޖުމުލަ އެދެގެއިން 544 އައިޓަމެއް ވަނީ ފެނިފައި އެވެ.
މި އޮޕަރޭޝަންގެ އިތުރުން ހަމަ އެދުވަހު މާލޭގައި ހިންގި އިތުރު އޮޕަރޭޝަނެއްގައި ބަލައިފާސްކުރިި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވެއެވެ. އަދި ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ކާޓްްރިޖް ފެނިފައިވެއެވެ. މީގެއިތުރުން މި މައްސަލައާ ގުޅިގެން ވޭޕް އާއި ވޭޕް ކާޓްރިޖް ވިއްކަމުންދިޔަ ފޭސް ބުކް ޕޭޖެއްވެސް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފައިވެއެވެ.
ގުޅުންހުރި

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފި

ދިގުރަށު އަލިފާނުގެ ހާދިސާ: ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމެއް އެރަށުގައި!

ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއިއެކު ބިދޭސީއަކު އަތުލައިގަނެ ޑީޕޯޓުކޮށްލަނީ
%20(1).webp&w=3840&q=75)
.gif&w=3840&q=75)



