
-
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ޔޫއޭއީގެ އެންމެ މަތީ ފަންތީގެ އެއް އެއާލައިން ކަމަށްވާ އިއްތިހާދު އެއަރވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ކޮންޑޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ނިމުނު ހަފްތާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި އިއްތިހާދު އެއަރވޭސްގެ އޭރިއާ މެނޭޖަރ ސެންޓްރަލް، ރެހާން މުޙައްމަދު ފާއިޒުއާއި، އެއަރޕޯޓު މެނޭޖަރ މުނާޒް އަލީގެ އިތުރުން، އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އިއްތިހާދު އެއަރވޭސްގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއަރލައިނުން ފުރި 305 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓަރމިނަލަށް ކައިރިކުރި އިއްތިހާދު އެއަރވޭސްގެ ފުރަތަމަ ފްލައިޓުން އައި 180 ފަސިންޖަރުންނަށް ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
އިއްތިހާދު އެާވޭސްއިން އިން ރާއްޖެއަށް ދަތުރުތައް ފެށީ ފެށީ 2011ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 29 ވަނަ އެއާލައިންއެވެ. އަދި ޔޫއޭއީގެ 3 ވަނަ އެއާލައިން އެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި މައްސަލާގައި ލަންކާ ދެމީހަކު ހައްޔަަރަށް!

ވީއައިއޭ އައު ޓާމިނަލުން ސީޕްލޭންގެ ކައުންޓަރުގެ ހިދުމަތް ފަށައިފި

ރަޝިއާގެ ގައުމީ އެއާލައިން, އޭރޯފްލޮޓްގެ އޮޕަރޭޝަންތައްވެސް ވީއައިއޭ ޓާމިނަލް އެކަކަށް!





