







ފޮޓޯ: ޕޮލިސް
ގދ.ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް / ހޯދަޑު. ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (35އ) އެވެ.
ސާމީ ޢަބްދުލްޙަމީދު އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7791755 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ.







