logoEN
Sto top
ބަރުދަން ލުއިކުރަން ހަދާ ސަރޖަރީގެ ޚިދުމަތް  ފަށައިފި

ބަރުދަން ލުއިކުރަން ހަދާ ސަރޖަރީގެ ޚިދުމަތް ފަށައިފި

ހުސައިން އަހްމަދު

logo

12/2/2025, 11:18:20 AM

# އައިޖީއެމްއެޗް# ސީއީއޯ އަބްދުއް ރައްޒާޤް ހަލީމް# ދަރުމަވަންތަ ހޮސްޕިޓަލް

ފޮޓޯ: އައިޖީއެމްއެޗް

ދާއިމީ ގޮތެއްގައި ބަރުދަން ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ފަށައިފިއެވެ.

Wamco

މިއީ ސަރުކާރުގެ ހޮސްޕިޓަލެއްގައި މިފަދަ ސަރޖަރީއެއްގެ ޚިދުމަތް ފެށި ފުރަތަމަ ފަހަރެވެ.

ބެރިއަޓްރިކް ސަރޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަން ތަކެކެވެ.

މި އޮޕެރޭޝަންތަކުން ޙާޞިލުވާ ފައިދާ ތަކުގެތެރޭގައި ބަލިމިހާއަށް ރަނގަޅު ސިއްޙަތެއް ލިބިދިނުމާއެކު ނަފްސާނީ ދުޅަހެޔޮކަން ރަގަޅުވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރި ކަމާއި ހިތްހަމަޖެހުން ގެނުވައިދިނުން ހިމެނެއެވެ. މީގެ އިތުރުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުން ހިމެނެއެވެ.

އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނެއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއް ރައްޒާޤް ހަލީމް ވިދާޅުވީ މިއަދު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ޚިދުމަތް ގާއިމް ވެގެން ދިއުމަކީ މިދެންނެވެނު ބަލިތަކަށް ޒަމާންތަކެއްވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުއްމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއް ކަމަށެވެ.

undefined

ސަރުކާރުގެ ހޮސްޕިޓަލެއްގައި މުޅިން އަލަށް މިފަދަ މުހިންމު ހިދުމަތެއް ފެށުމަށް ސަރޖަރީ ޑިޕާޓްމަންޓުގެ ޓީމުން މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާއިރު މި މަސައްކަތް މިއަދު މި ކާމިޔާބު ވަނީ އެތައް ބައެއްގެ މަސައްކަތުންނާއި އެހީތެރިކަމާ އެކު. އޭގެ ތެރޭގައި މި ހޮސްޕިޓަލުގެ ސަރޖަނުންނާއި، އެފަރާތްތަކާ އެކު މަސައްކަތްކުރާ ހޭނައްތާ ޑޮކްޓަރުން، ނަރުހުން، އެހެނިހެން ޓެކްނިކަލް/ކްލިނިކަލް މަސައްކަތްތެރިންނާއި އިދާރީ މުވައްޒަފުން އަދި ސަޕޯޓް ސްޓާފުން ފާހަގަކުރެވޭ. މީގެ އިތުރުން ރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސަރޖަން، ޑރ. އަޒްނާގެ ނަން ވަކިން ފާހަގަކޮށް މަރުޙަބާ ދަންނަވަން. ސީއީއޯ އަބްދުއް ރައްޒާޤް ހަލީމް

ސިއީއޯ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަވަމުންދާ ހަރުދަނާ އަދި ތަރައްޤީގެ ކުރިއެރުންތަކަކީ ފަހުގެ ތާރީޚެއްގައި މި ދާއިރާއިން ދެކުނު ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކެއްކަން ޔަޤީނެވެ. މިފަދަ އައު ޚިދުމަތްތައް ތަޢާރަފުކޮށް، ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC