logoEN
Sto top
ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

12/2/2025, 10:18:47 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހދ.ކުޅުދުއްފުށި ސިޓީ ގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

Wamco

މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ހދ.ކުޅުދުއްފުށި / ފަރެސް، އިބްރާހީމް ޝުކޫރު (39އ) އެވެ.

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރުކޮޅަކާއި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 9 ގުރާމެވެ..

މި މައްސަލައާ ގުޅިގެން މުޙައްމަދު ނަލީޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC