
-
އެމްޓީސީސީން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ "ކަށަވަރު ޕްރޮމޯ 2025" އިފްތިތާހްކޮށްފި އެވެ.

މި ޕްރޮމޯ ފެށީ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. މި ޕްރޮމޯ ފައްޓަވައިދެއްވ،ީ އެ ކުންފުނީގެ ޗީފް އޮޕަރޭޓީންގ އޮފިސަރ، ސިނާން ޢަލީ އެވެ. މި ހަފުލާގައި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓިސީސީން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 ޑިސެމްބަރ 2025 ގެ ނިޔަލަށަށް ކަމަށެވެ. މިއަދު ފެށި ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓްތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއ،ި ޕީޕީޖ،ީ ކާސްޓްރޯލ،ް އިންޑަސްޓްރިއަލް ގޭސ،ް ސްޕެއާރ ޕާރޓްސ،ް މެރޯލް ސްޓީއަރިންގ ސިސްޓަމް އަދި ނަކަޝީމާ ޕްރޮޕެލަރ އެވެ.
މި ޕްރޮމޯގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ ޑީއެފް 9.9 ގެ އިންޖީނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިންޖީނާއެކު ހަދިޔާ ޕެކޭޖެއްވެސް ލިބިވަޑައިގަންނަވާނެއެވެ.
އެމްޓީސީސީން ބުނީ "ކަށަވަރު ޕްރޮމޯ 2025" އަމާޒުކޮށްފައިވާނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނިއަރުންނާއ،ި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކަމަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައ،ި ގއ. ގދ. އަދި ށ. އަތޮޅަށް ޒިޔާރަތް ކުރުމާއި ކ. އަތޮޅުގެ ބަނދަރުތަކާއި ބޯޓްޔާޑް ތަކުގައި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުން ހިމެނެއެވެ.







