logoEN
Sto top
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާކުރަންޖެހޭ ޒިންމާއެއް - ރައީސް

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާކުރަންޖެހޭ ޒިންމާއެއް - ރައީސް

އަހުމަދު ޝުރާއު

logo

12/1/2025, 3:57:38 PM

# ރައީސް މުއިއްޒު

-

އެއިޑްސް ނައްތާލުމަކީ ވަކި ޤައުމަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާކުރަންޖެހޭ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިގެން މަސައްކަތްކޮށްފިނަމަ، 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔެއިން އެއިޑްސް ނައްތާލެވޭނެ ކަމަށާއި މިދަތުރަކީ ފަރުދީ ފެންވަރުގައި ފެށެންޖެހޭ ދަތުރެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުވަހާގުޅޭ މިއަހަރުގެ ޝިޢާރު، ''އޯވަރކަމިންގ ޑިސްޓްރަޕްޝަން، ޓްރާންސްފޯމިންގ ދަ އެއިޑްސް ރެސްޕޯންސް'' އަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، "ޓްރިޕްލް އެލިމިނޭޓް'' ވި ދުނިޔޭގެ ފުރަތަމަ ޤައުމަކީ ރާއްޖެކަން ފާހަގަކުރައްވާފައެވެ. މިކަމަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކާއެކު ޞިއްޙީ ފަރުވާ ކަށަވަރުކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ކާމިޔާބީ ދައްކުވައިދޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.ރާއްޖެއިން ހޯދާފައިވާ މިފަދަ ކާމިޔާބީތަކަކީ ބައިނަލްއަޤްވާމީ ފަރާތްތަކާއި އެކު އޮންނަ ބަދަހި ގުޅުންތަކާއި އެއްބައިވަންތަކަމާއެކު އިލްމު ބަދަލު ކުރުމުގެ ތެރެއިން އެންމެން ގުޅިގެން އީޖާދީ ގޮތުން ވެސް ކުރެވުނު މަސައްކަތުން ހާސިލްކުރެވުނު ކާމިޔާބީތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެކަމަނާގެ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެއިޑްސް ނައްތާލުމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތުގައި އެއްބައިވަންތަކަމާއި، ކެތްތެރިކަމާއި، މުޖުތަމަޢު ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އާންމުންގެ ހޭލުންތެރިކަމާއި، އެއްބާރުލުމާއި އެކު، ހުރިހާ އެންމެންނަށް ވެސް ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސްޓިގްމާ ނައްތާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެއިޑްސް އާއި ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި މީހުން ހޭލުންތެރިކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ އެއިޑްސް ދުވަހުގެ ގޮތުގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC