logoEN
Sto top
އދ. ވިލިނގިލިވަރު އިރު ދެކުނުން 6މޭލު ބޭރުގައި ވަދު ކަނދުފަތި އަޅައިފި

އދ. ވިލިނގިލިވަރު އިރު ދެކުނުން 6މޭލު ބޭރުގައި ވަދު ކަނދުފަތި އަޅައިފި

ހުސައިން އަހްމަދު

logo

11/27/2025, 3:26:18 AM

# މަސްވެރިކަން# ވަދު ކަނދުފަތި

ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

އދ. ވިލިނގިލިވަރު އިރު ދެކުނުން 6މޭލު ބޭރުގައި ވަދު ކަނދުފަތި އަޅައިފއެވެ.

Wamco

މި ވަދު ކަނދުފަތީގެ ނަމްބަރަކީ I09V02 އެވެ.

މި ކަނދުފަތި އަޅާފައިވާ ސަރަހައްދަކީ

3°,33.200' އަދި 73°01.500'އެވެ.

މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ކަނދުފަތި ޤާއިމްކުރުމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ.

ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ވަދު ކަނދުފަތި އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއާއެއްވަރަށް ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް ދޮށީގެ ކަނދުފަތިވެސް ދަނީ އަޅަމުންނެވެ. އެގޮތުން ދެއަހަރު ދުވަހުގެ މުއްދަތުގައި 37 ދޮށީގެ ކަނދުފަތި އަޅާފައިވާ ކަމަަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ކަނދުފަތީގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތަކީ، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މި މަސައްކަތް އަވަސްކުރުމަށާއި، ހަލާކުވާ ނުވަތަ ކަނޑައިގެންދާ ކަނދުފަތިތައް ވީ އެންމެ އަވަހަކަށް މަރާމާތުކޮށް، އަލުން އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ދަނީ ރާއްޖޭގެ ދެކުނާއި އުތުރުގައި ކަނދުފަތި އުފައްދާ މަރުކަޒުތަކެއް ގާއިމުކުރުމަށް ތައްޔާރުވަމުންނެވެ.ރާއްޖޭގެ 2 ސަރަހައްދެއްގައި ކަނދުފަތި ސެންޓަރު އެޅުމުގެ މަސައްކަތްވެސް އެ ވުޒާރާއިން މިހާރު ދަނީ ކުރައްވަމުންނެވެ. އެގޮތުން ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ކުރިން ފެށޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC