
ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް އަލްޓެކާއި ހަވާލުކޮށްފި
# ހެލްތު މިނިސްޓްރީ-
ރ.ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރެއްވީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ، ހުސެއިން ތަސްމީން އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު އަރިހުގައި ދާޢިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޢަލީ ވަޑައިގެންނެވިއެވެ.
06 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެއްވި މި ޕްރޮޖެކްޓުގެ އަގަކީ 25.5 މިލިއަން ރުފިޔާއެވެ.
މިޕްރޮޖެޓްގެ ސްކޯޕްގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އަކާއި އައިސީޔޫ، ނާސް ސްޓޭޝަނާއި ޕްރޮސީޖަރ ރޫމްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމްސް ހިމެނެއެވެ.
ގުޅުންހުރި

ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް އަލްޓެކާއި ހަވާލުކޮށްފި

"އުފަކާރަ" ތަމްރީނު ޕްރޮގްރާމް ލ. ފޮނަދޫގައި ކުރިޔަށްގެންގޮސްފި





