logoEN
Sto top
"އުފަކާރަ" ތަމްރީނު ޕްރޮގްރާމް ލ. ފޮނަދޫގައި ކުރިޔަށްގެންގޮސްފި

"އުފަކާރަ" ތަމްރީނު ޕްރޮގްރާމް ލ. ފޮނަދޫގައި ކުރިޔަށްގެންގޮސްފި

އަހުމަދު ޝުރާއު

logo

11/24/2025, 10:44:03 AM

# ހެލްތު މިނިސްޓްރީ

-

ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކާ ހިންގާ "އުފަކާރަ" ތަމްރީނު ޕްރޮގްރާމް ލ. ފޮނަދޫގައި ހިނގައިފިއެވެ.

Wamco

މިއީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ފޮނަދޫ ކައުންސިލާއިގުޅިގެން މިމަހުގެ 20 އިން 22ގެ ނިޔަލަށް ހިންގި ޕްރޮގްރާމެކެވެ.

މިތަމްރީން ޕްރޮގްރާމުގައި 43 ބައިވެރިއަކު ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި ކާބޯތަކެތި ރައްކާތެރި ގޮތުގައި އުފައްދާ، ތައްޔާރު ކުރުމާއި އެތަކެތީގެ ފެންވަރު މަތި ކުރާނެ ގޮތްތަކާ ގުޅޭ ތަމްރީން ދިނުމުގެ އިތުރުން ކާބޯތަކެއްޗާއި ގުޅޭ ގަވާއިދުތަކާއި މިންގަޑުތަކަށް އަހުލުވެރި ކުރުވުން ވެސް ހިމެނެއެވެ.

މި ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް 2017 އިން ފެށިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC