logoEN
Sto top
ދެވަނަ ޓައިމް-ރިލީސް ސްޓަޑީ އަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިޔަށް!

ދެވަނަ ޓައިމް-ރިލީސް ސްޓަޑީ އަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިޔަށް!

އަހުމަދު ޝުރާއު

logo

11/26/2025, 9:26:12 AM

# ކަސްޓަމްސް ސާވިސަސް

-

ދެވަނަ ޓައިމް-ރިލީސް ސްޓަޑީ (ޓީ.އާރު.އެސް) އަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފެށީގެން ކުރިޔަށް އެބަދެއެވެ.

Wamco

ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިޔު.ސީ.އޯ) ގެ އެކްސެލަރޭޓް ޓްރޭޑް ފެސިލިޓޭޝަން ޕުރޮގުރާމު (އޭ.ޓީ.އެފް.ޕީ) ގެ ދަށުން 2025 ނޮވެންބަރު 18 ވަނަ ދުވަހު އިފްތިތާޙްކުރެވުނު ޓީ.އާރު.އެސް އަކީ ރާއްޖެއަށް މުދަލެއް އަންނަ ހިސާބުން ފެށިގެން، މުދަލުގެ ލިޔެކިއުން ނިންމައި، މުދާ ދޫކުރުމާ ހަމައަށް، އެކި މަރުހަލާތަކުގާ ހޭދަވާ ވަގުތުތައް ދެނެގަތުމަށް ހިންގާ ސާރވޭއެކެވެ.

މިގޮތުން ޑަބްލިޔު.ސީ.އޯ ގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެ ޖަމްޢިއްޔާގެ ކަމާބެހޭ މާހިރުންނާ ގުޅިގެން ހިންގާ މި ސާރވޭއަށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާނީ 2025 ނޮވެންބަރު 23 އިން 27 އަށެވެ.

މި މަސައްކަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިތުރުން ބަނދަރުތައް ހިންގާ ފަރާތްތަކާއި، އިމްޕޯޓް އެކްސްޕޯޓާގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ކަސްޓަމްސް ބްރޯކަރުން ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC