.webp&w=3840&q=75)
-
ޑިޖިޓަލް ޕްލެޓްފޯމްތަކަކީ، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހުގެ މި އަހަރުގެ ޝިޢާރު ބިނާވެފައިވަނީ، އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ދޭ އަނިޔާ ހުއްޓުވުމުގެ މައްޗަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެކްސްގައި ޙިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، އަނިޔާ ލިބޭ ކޮންމެ އަންހެން ކުއްޖަކާއި އަންހެނެއްގެ ހައްޤުގައި ވަކާލާތު ކުރާ ކަމަށެވެ.
އަދި މިއަދުގެ މި ދުނިޔޭގައިވެސް ތަފާތުކުރުންތަކާއި، އަނިޔާއާއި އެކިކަހަލަ ގަނާގެ ޝިކާރައަކަށް އަންހެނުން ވަމުންދާކަމީ އެކަމާމެދު ވިސްނާ، ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ، އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް ވާންވާނީ، އަންހެނުން ބާރުވެރިކުރުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް ކަމަށާއި، އަންހެނުންނަށް ގޯނާ ކުރުމާއި ދެކޮޅަށް ތެދުވެ އަޑު އުފުލުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް ކަމަށެވެ. އަދި މިކަމުގައި އެންމެން އެކުގައި މަސައްކަތްކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކަކީ، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި މާޙައުލަކަށް ހަދަންޖެހޭ ކަމަށެވެ.
މީގެއިތުރުން ކޮންމެ އަންހެނަކަށްވެސް ކަރާމާތްތެރިކަމާއި، ރައްކާތެރިކަމާއި އަދި ޙުދޫދުގެ ތެރެއިން މިނިވަންކަމާއިއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެންޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
"16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް" އަކީ އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެގޮތުން، ބައިނަލްއަޤުވާމީ ފެންވަރުގައި ކޮންމެ އަހަރެއްގެ ވެސް 25 ނޮވެމްބަރުން 10 ޑިސެމްބަރާއި ހަމައަށް ފާހަގަކުރާ ދުވަސްތަކެވެ.
ގުޅުންހުރި

މީދޫ ވޮލީބޯޅަ ކޯޓް ރަސްމީކޮށް ހުޅުވައިފި

ކުޑަހުވަދޫ ޑަބްލިއުޑީސީން ތަރައްޤީކުރި ޖިމް ފަސްޓް ލޭޑީ ހުޅުއްވައިދެއްވައިފި

ގައުމީ މަގުޗާޓަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި، ކުރިއަށް އެޅުނު ވަރުގަދަ ތާރީޚީ ފިޔަވަޅެއް - ނައިބު ރައީސް

.gif&w=3840&q=75)



