
-
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތައިލެންޑާއި ޔޫއޭއީއަށް ފުޅާކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސިއްޙީ ވުޒާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ތިން ފަރާތަކުން ވަނީ ސޮއިކޮށްފައެވެ. އެވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރުގެ ނައިބު އަޙްމަދު ހަމްދާން ނަސީރުއެވެ. އައިލޭންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. އެއްބަސްވުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ސޮއިކޮށްފައިވާއިރު، އެ އިދާރާގެ ފަރާތުން ސޮއިކުރެއްވީ ސިއީއޯ ހީނާ ވަލީދުއެވެ.
މި އެއްބަސްވުމުގެ ދަށުން ތައިލޭންޑް އަދި ދުބާޢީއަށް ބޭސްފަރުވާ ހޯދުމަށް ފޮނުވަން ޖެހޭ ހާލަތެއްގައި ދިވެހިންނަށް އެއަރ އެމްބިއުލާންސްގެ ޙިދުމަތް ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. މި ޚިދުމަތް ދިނުމުގައި ކަމާއި ބެހޭ ފަރާތްތަކުން އެފަދަ ހާލަތެއް އޮތްތޯ ބަލައި ޔަޤީން ކުރާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވަނީ ރާއްޖެއިން ބޭރަށް އެއަރ އެމްބިއުުލާންސްގެ ޚިދުމަތް ފުޅާކުރުމާއެކު، މިހާރު މި ޚިދުމަތުގެ ތެރެއިން ބޭރު ޤައުމަކަށް ގޮސް ފަރުވާ ހޯދުމަށް ހުރަހެއް ނެތްކަން ފާހގަކުރައްވާފައެވެ.
"އެ ހާލަތައް ރިއާޔަތްކޮށް ބޭރުގެ ޤައުމުތަކަށް ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި އެގްރިމެންޓުގެ ތެރެއިން ޤާނޫނީ ހުރަހެއް ނެތި އެކަން ހައްލުވެގެންދާނެ. އެހެންވީމަ މިހާރު ތައްޔާރުވުމާއެކު އެއްވެސް ދަށްޗެއް އަދި ހުރަހެއް އެންސްޕާ ނިޒާމުގެ ތެރޭގައި ނޯންނާނެ. އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. " ވަޒީރު ވިދާޅުވިއެވެ.
ސިއްޙީ ކުއްލި ޙާލަތްތަކުގައި ދެވޭ އަވަސް ފަރުވާގެ ނިޒާމު ރާއްޖޭގައި ހަރުދާކުރުމަށް އަދުގެ ސަރުކާރުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދުވަހުއެވެ. އެކަމަށް ޚާއްސަކޮށްފައިވާ ޑޭޝް-8 މަރުކާރުގެ މަތިންދާބޯޓެއް ބޭނުންކޮށްގެން އެޚިދުމަތް ފެށީނަމަވެސް ސީޕްލޭންއެއްވެސް އެޚިދުމަތުގައި މިހާރުދަނީ ބޭނުންކުރަމުންނެވެ.
ގުޅުންހުރި

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތައިލެންޑާއި ޔޫއޭއީއަށް!

ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް އެންމެންގެ ބައިވެރިވުން މުހިންމު - ނާޒިމް





