logoEN
Sto top
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު!

ބޮޑު ސަރަހައްދަކަށް ހުދު ސަމާލު!

އަހުމަދު ޝުރާއު

logo

11/23/2025, 12:56:49 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރުނީ ނ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށް މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭގެ 22:00 ހާއިރަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

މެޓްއޮފީހުން މިއަދު ވަނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައި އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC