
-
މިއަދުން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލާނީ ހަމައެކަނި އީ- ވިސާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އީ-ވިސާ ތަޢާރަފް ކުރުމާ ގުޅިގެން އެކަންކަމަށް ސަމާލުވުމަށް އެދި އިމިގްރޭޝަނުން ވަނީ މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓޮމެޓިކުން އީ-ވިސާއަށް ބަދަލުވާނެ ކަން ހާމަކޮށްފައެވެ. އަދި މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާއަކީ ސައްޚަ ވިސާއެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ. އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް ކަމަށާއި މިއަދުން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށެވެ.
ހަމައެހެންމެ މިއަދުން ފެށިގެން ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތެއްކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ދެވޭނީ ދާޚިލީ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ" އެންޓްރީ ޕާސް" އެއް އޮވެގެން ކަމަށެވެ.
ދިވެހިރާއްޖެ 2.0އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރުމަށް ހިންގާ މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ 'މޯލްޑިވްސް 2.0' މަޝްރޫޢުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.
ގުޅުންހުރި

މިއަދުން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލާނީ ހަމައެކަނި އީ- ވިސާ!

ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުން ޤަވާއިދާ ޚިލާފަށް އުޅުނު 66 ބިދޭސީން ހައްޔަރުކޮށްފި

މި މަހުގެ 23ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް ހުށަހެޅޭނެ: އިމިގްރޭޝަން





