
އިމިގްރޭޝަންގެ ވަޒީފާއަށް އެދި ހުށަހެޅި 417 ފަރާތަކުން އިމްތިހާނު ފުރިހަމަކޮށްފި
# މޯލްޑިވްސް އިމިގްރޭޝަން-
އިމިގްރޭޝަންއިން ހުޅުވާލާފައިވާ 70 އިމިގްރޭޝަން ޓްރެއިނީ އޮފިސަރުންގެ މަގާމަށް އެދި ވޯކް އިން އިންޓަވިއުތަކުގައި ބައިވެރިވެ ޝަރުތު ހަމަވި ފަރާތްތަކުގެ އިމްތިހާނު ކުރިޔަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެއިދާރާއިން ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާން މިއަދު ބާއްވާފައިވާ ކަމަށެވެ.
އަދި އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން އިމްތިހާނުގައި ބައިވެރިވެފައިވަނީ 417 ފަރާތުން ކަމަށާއި ޖުމްލަ މާކުހާއެކު އެންމެ މަތިން މާކްސް ލިބުނު 70 ފަރާތް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ ކަމަށެވެ..
އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 70 މަގާމަށް މީހުން ހޯދުމަށް މިމަހުގެ 2 ވަނަ ދުވަހު ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ޖުމްލަ 670 ފަރާތަކުން އިންޓަވިއުގައި ބައިވެރިވުމަށް ހާޒިރުވިއެވެ.
އިމިގްރޭޝަނުން ބުނީ މިގޮތަށް އިންޓަވިއުތައް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް އައްޔަންކުރުން އަވަސްކޮށް، ދެފުށް ފެންނަގޮތަށް އިންސާފުވެރިކަމާއެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. ވޯކް އިން އިންޓަވިއުގެ މަސައްކަތުގައި 70 އަށްވުރެ ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައިއެވެ. އަދި ވަކި ކިއުސިސްޓަމެއް ތައާރަފުކޮށް، އިންޓަވިއުގެ ނަންބަރުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައި އެވެ.
ގުޅުންހުރި

ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުން ޤަވާއިދާ ޚިލާފަށް އުޅުނު 66 ބިދޭސީން ހައްޔަރުކޮށްފި

މި މަހުގެ 23ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް ހުށަހެޅޭނެ: އިމިގްރޭޝަން

އިމިގްރޭޝަންގެ ވަޒީފާއަށް އެދި ހުށަހެޅި 417 ފަރާތަކުން އިމްތިހާނު ފުރިހަމަކޮށްފި





