logoEN
Sto top
ހއ . އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ހއ . އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

11/22/2025, 3:51:00 PM

# އެމްޓީސީސީ

-

ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

Wamco

ދިއްދޫގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުالله ނާޒިމް އިބްރާހީމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖީލީހުގެ ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ލަތީފު މުޙައްމަދު އާއ،ި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީ އާއ،ި ހއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި ހއ. ދިއްދޫ ކައުންސިލުގެ މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން 4 ފަންގިފިލާ ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި 1 ފަންގިފިލާގެ ސަރވިސް ބްލޮކަކާއި ވަށާފާރު ރޭނުގެ މަސައްކަތްވެސް ހިމެނެއެވެ.

މިއީ 185.57 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC