logoEN
Sto top
ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިގްރެޓް ގެއްލިއްޖެ

ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިގްރެޓް ގެއްލިއްޖެ

އަހުމަދު ޝުރާއު

logo

11/22/2025, 8:46:54 AM

# ވިލިމާލެ

-

ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިގްރެޓް ގެއްލިއްޖެ އެވެ.

Wamco

މިފަދަ އަޑުތަކެއް އެރިތާ ހަފްތާއެއްވާން ގާތްވެފައިވަނިކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓި ގެންގޮސްފައިވާ ކަމަށެވެ އަދި އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މި އަހަރު މެއި 23 ވަނަ ދުވަހު އަތުލައިގަތް ތަކެތި ކަމަށާއި އެ ސިނގިރެޓްތައް ހުރީ ވިލިމާލޭ ޕޮލިސް ސްޓޝަންގައި ކަމަށެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ހަ ކާޓަން މަދުވި މައްސަލައެއް ފެންމަތިވެ އެ މައްސަލަ މިހާރު ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ތަކެތި މަދުވިކަން އެނގުނީ، އޮންނަ އުސޫލުގެ ތެރެއިން މިތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށް ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެހެންވެ މި މައްސަލަ ތަހުޤީޤު ކުރަމުން ދަނިކޮށް މީގެ ކުރިން ވެސް މިފަދަ ކަމެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހު 23 ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާ ކަމަށް ވެސް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

އެހެހެންވެ މި ދެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިމައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުން އަންނަ ކަމަށް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC