
ފިލްމް އިންޑަސްޓްރީއަށް ރައީސްގެ އިލްތިމާސް: އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރައްވާ!
# ރައީސް މުއިއްޒު-
އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.

މިރޭ އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް ކަމަށެވެ. އަދި މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމަށް ދުރުވާންޖެހޭނެ ކަމަށެވެ.
އެގޮތުން ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ރައީސް ވަނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށާއި ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އެންމެންވެސް ވުމަކީ މިޤައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށް ވިދާޅުވެފައި އެވެ.
ތައީސް މިފަދައިން ޕޯސްޓެއް ކުރައްވާފައިމިވަނީ ، އޮލިމްޕަހުގައި ރޭ އެޅުވި ދިވެހި ފިލްމެއްގެ ކާޕެޓް އިވެންޓަށް އިސްލާމްދީނާއި ދިވެހި ސަގާފަތާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން ދިޔަ ފިރިހެނެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށެވެ.
ނަމަވެސް ސީދާ އެ މައްސަލައިގެ ވާހަކަ ރައީސްގެ ޕޯސްޓުގައި ވިދާޅުނުވެއެވެ.
ގުޅުންހުރި

ފިލްމް އިންޑަސްޓްރީއަށް ރައީސްގެ އިލްތިމާސް: އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރައްވާ!

ރައީސުލްޖުމްހޫރިއްޔާ، މާލޭ "ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާލިބޭނޭ ފުރުސަތު ފަހިވެގެންދިޔުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއް!





