logoEN
Sto top
އިމިގްރޭޝަންގެ ދިގު ކިއުތައް ކުޑަކުރުމަށް ވީއައިއޭގައި އިތުރު އީގޭޓުތައް ހަރުކޮށް އަންނަ އަހަރު ބޭނުންކުރަން ފަށަނީ

އިމިގްރޭޝަންގެ ދިގު ކިއުތައް ކުޑަކުރުމަށް ވީއައިއޭގައި އިތުރު އީގޭޓުތައް ހަރުކޮށް އަންނަ އަހަރު ބޭނުންކުރަން ފަށަނީ

އަހުމަދު ޝުރާއު

logo

11/19/2025, 3:35:32 PM

# ރައީސް މުއިއްޒު

-

އިމިގްރޭޝަންގެ ދިގު ކިއުތައް ކުޑަކުރުމަށް ވީއައިއޭގައި އިތުރު އީގޭޓުތައް ހަރުކޮށް އަންނަ އަހަރު ބޭނުންކުރަން ފަށަން ނިންމާފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

Wamco

މިކަން އެމަނިކުފާނު ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކުރައްވާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކާ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އެ އެއަރޕޯރޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެގޮތުން މިގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންކަން ރައީސް ހާމަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ 1 ޖެނުއަރީ 2026ގެ ކުރިން އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ކޮންމެ ޓާރމިނަލްއެއްގައި 10 ގޭޓް ހަރުކުރެވި ބޭނުންކުރަން ފެށޭނެ ކަމަށާއި މިވަގުތު ވީއައިއޭގައި ހަރުކޮށްފައިވާ 10 ގޭޓާއިއރކު ޖުމުލަ 20 ގޭޓުން ހިދުމަތް ފެށޭނެ ކަމަށެވެ.

View post on Twitter

މީގެ އިތުރުން ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައިވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަންފެށޭނެ ކަން ރައީސް ހާމަކުރެއްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC