logoEN
WAMCO TOP 1
އެންޑީއޭ ވަޒީފާގައި ހުރެ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވަމުންދިޔަ ފަސީހު ހައްޔަރުކޮށްފި

އެންޑީއޭ ވަޒީފާގައި ހުރެ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވަމުންދިޔަ ފަސީހު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

11/20/2025, 8:27:12 AM

# އެންޑީއޭ

-

ނެޝަނަލް ޑްރަގް އޭޖެންސީ, އެންޑީއޭގެ ޕިޔަރ މެންޓަރ ގެ ވަޒީފާގައި ހުރެ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވަމުންދިޔަ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން މިއަދު ބުނީ އެންޑީއޭ އިން ފަރުވާ ހޯދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 4 ވަނަ ދުވަހު އެންޑީއޭއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައިގެ ތުހުމަތުގައި އެންޑީއޭގެ ޕިއާރ މެންޓާރ ގެ ވަޒީފާ އަދާކުރަމުންދިޔަ ސ ފޭދޫ ، ފްލޮރިޑާ އުމުރުން 52 އަހަރުގެ މުހައްމަދު ފަސީހު މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވާއިރު ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާކަން ހާމަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC