logoEN
Sto top
މި ފަސް އަހަރު ނިމޭއިރު ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 24500 އަށް އިތުރުކުރެވޭނެ - ރައީސް

މި ފަސް އަހަރު ނިމޭއިރު ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 24500 އަށް އިތުރުކުރެވޭނެ - ރައީސް

އަހުމަދު ޝުރާއު

logo

11/18/2025, 6:48:12 AM

# ރައީސް މުއިއްޒު

-

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 24500 އަށް އިތުރުކުރެވޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

Wamco

. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104 ރަސްމިއްޔާތު" ގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށްބަލާއިރު، މި ސަރުކާރު އައިއިރު މަސްވެރިން ތިބީ ބިކަވެ ދޫކޮށްލާފައި ކަމަށާއި މި ސަރުކާރުން މަސްވެރިންނަށް އިސްކަންދީގެން މަސައްކަތް ކުރައްވާފައިވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން އެތައް އައިސްޕްލާންޓެއް މަރާމާތުކޮށް އަލަށް 4 ރަށެއްގައި އައިސްޕްލާންޓް ހުޅުވި، 6 ރަށެއްގައި މަސައްކަތް ހިނގަމުންދާކަމަށާއި އާރް.އެސް.ޑަބްލިއު ލޯނު ދީގެންވެސް އެތައް ދޯންޏެއްގައި މި ނިޒާމު ގާއިމުކުރެވިފައިވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން މިހާރުވެސް އާރް.އެސް.ޑަބްލިއު ގާއިމުކުރުމަށް އައު ފުރުސަތެއް ހުޅުވާލައިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ދައުރު ފެށުނުއިރު 9500 ޓަނުގައި ހުރި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މި ފަސް އަހަރު ނިމޭއިރު 24500 އަށް އިތުރުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ކޫއްޑޫ އިތުރަށް ތަރައްޤީ ކުރައްވަމުން ގެންދަވާކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު މަސްވެރިންނަށް ނުދީހުރި ދުއިސައްތަ އެތައް މިލިއަނެއްގެ ފައިސާ ޚަލާސްކޮށް، މިދިޔަ ޑިސެންބަރު 10 އިން ފެށިގެން އެންމެ ދުވަހެއްވެސް ނުވެއްޓި ބަރާބަރަށް ފައިސާ ދެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން އިޢުލާނުކުރި ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑް ގާއިމުކުރެވޭނެކަމުގެ ޔަޤީންކަން ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ދެއްވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC