logoEN
Sto top
 ވޯކްޕާމިޓް މެޑިކަލްގެ ހިދުމަތް ވައިޓަލްކެއަރ ހުވަދޫއިން ދޭންފަށައިފި

ވޯކްޕާމިޓް މެޑިކަލްގެ ހިދުމަތް ވައިޓަލްކެއަރ ހުވަދޫއިން ދޭންފަށައިފި

އަހުމަދު ޝުރާއު

logo

11/18/2025, 11:03:10 AM

# ވައިޓަލް ކެއާ ހުވަދޫ

-

ގއ އަދި ގދ އަތޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް ޚާއަސަކޮށް ވޯކްޕާމިޓް މެޑިކަލް ހެދުމަށް ބޭނުންވާ މެޑިކަލް ޗެކަޕްގެ ހިދުމަތް ވައިޓަލް ކެއާ ހުވަދޫއިން ދޭން ފަށައިފި އެވެ.

Wamco

ވައިޓަލް ކެއާއިން ގާފު ނޫހަށް މައުލޫމާތު ދެމުން ބުނީ މި ހިދުމަތް ދެމުންދާނީ ގދ ތިނަދޫ ސިޓީގައި ހުންނަ އެ ވައިޓަލް ކެއާ ހުވަދޫ ކްލިނިކުން ކަމަށާއި ވައިޓަލް ކެއާ ހުވަދޫއަކީ އެ ސަރަހައްދުގައި ވޯކް ޕާމިޓް މެޑިކަލް ހެއްދުމުގެ ހިދުމަތް ދިނުމަށް ހުއްދަދެވިފައިވާ ހަމައެކަނި ޕްރައިވެޓް ސަރވިސް ޕްރޮވައިޑަރ ކަމަށެވެ.

އެގޮތުން މި ހިދުމަތް ފެށުމާއެކު އަތޮޅާއި އަތޮޅު ކައިރީގައި ދިރިއުޅޭ ބިދޭސީންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަން ފާހަގަކޮށް ވައިޓަލް ކެއާއިން ވަނީ ވޯކްޕާމިޓް މެޑިކަލް ހެއްދުމުގައި މި ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދިމާވެފައިވާ ދަތި އުނދަގޫ ތަކަށް ހައްުލުހޯދައިދީ އަގުހެޔޮކޮށް އަވަސްކަމާއި ފަސޭހަކަމާއިއެކު މި ހިދުމަތް ލިބޭނެ އިންޓިޒާމް އެ ކްލިނިކްއިން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އަރުވާފައި އެވެ.

ވައިޓަލް ކެއާއިން އިތުރަށް ބުނީ ޓެސްޓު ހަދާތާ 24 ގަޑިއިރިުގެ ތެރޭގައި މެޑިކަލް ރިޕޯޓް ކަސްޓަމަރަށް ފޯރުކޮށްދޭނެ ކަމަށާއި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް މި ހިދުމަތް އެކްލިނިކުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ގއ އަދި ގދ އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓުތަކާއި އިންޑަސްޓްރިއަލް ވިޔަފާރިތަށް ކުރާ ސަރަހައްދަކަށް ވުމާއިއެކު ވޯކްޕާމިޓް މެޑިކަލްގެ ހިދުމަތް މިހާ ފަސޭހަކަމާއިއެކު ތިނަދޫ ސިޓީން ލިބުމަކީ މި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާއި ކުންުފނިތައް ހިންގާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެއްގެ ގޮތުގައި ވައިޓަލް ކެއާއިން ދެކެއެވެ.

ވައިކަލް ކެއާރ ހުވަދޫއަކީ ހުވަދޫ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިތުބާރު ހޯދައި ފުރިހަމަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދެމުންދާ ކްލިނިކެކެވެ. މިގޮތުން ފެންވަރު ރަނގަޅު ދަތުގެ ހުރިހާ ފަރުވާއަކާއި ދަތުގެ ނަރުގަނޑުއެޅުވުމުގެ ސްޕެޝަލިސްޓެއްގެ ހިދުމަތާއި އާންމު ބަލިތަކާއި ބެހޭ ޑޮކްޓަރުގެ ހިދުމަތުގެ އިތުރުން އެކްސްރޭއާއި ލެބޯޓަރީގެ ހިދުމަތްވެސް އެކްލިނިކުން ދަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން އެކިއެކި ތަފާތު ބަލިތަކާއި ބެހޭ ސްޕެޝަލިސްޓުންނާއި ސުޕަރސްޕެޝަލިސްޓުން ދުރުވެ އެކްލިނިކްގައި ބަލިމީހުންވެސް ބަލަމުންދެއެވެ.

ވައިޓަލްކެއަރ އަކީ މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާދާއިރާއެއްގައި ފުރިހަމަ ސިއްހީ ހިދުމަތްތަކެއް ފޯރުކޯށްދޭ ފަރާތެވެ. މިގޮތުން މާލޭގައި ހިނގާ ޑެންޓަލް ކްލިނިކްއަކީ ޑެންޓަލްްގެ ގިނަ ސްޕެޝަލިސްޓުންނާއި އެކި ހިދުމަތްދޭ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ޑެންޓަލް ކްލިނިކްއެވެ. އަދި މަލްޓިސްޕެޝަލިޓީ ކްލިންއަކީ ތަފާތު ގިނަ ސްޕެޝަލިސްޓުންނާއި ލެބޯޓަރި އަދި ސްކޭންގެ އިތުރުން ތަފާތު އެހެން ސިއްހީ ހިދުމަތް ފޯރުކޯށްދޭ ކްލިނިކް އެކެވެ.

ވައިޓަލް ކެއާރ ހުވަދޫ އަށް ގުޅޭނެ ނަމްބަރަކީ 3031352 އަދި ވައިބަރ ނަންބަރަކީ 7341315 އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC