logoEN
Sto top
އެއާއޭޝިއާގެ އޮޕަރޭޝަންތައް ވީއައިއޭގެ އައު ޓާމިނަލަށް ބަދަލުކޮށްފި

އެއާއޭޝިއާގެ އޮޕަރޭޝަންތައް ވީއައިއޭގެ އައު ޓާމިނަލަށް ބަދަލުކޮށްފި

އަހުމަދު ޝުރާއު

logo

11/17/2025, 3:46:03 PM

# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

-

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ލޯ-ކޯސްޓް ދެ އެއާލައިން ކަމަށްވާ, އެއާއޭޝިއާ މެލޭޝިޔާ އަދި ތައި އެއާއޭޝިއާ އަށް ހިދުމަތް ދޭން ފަށައިފިއެވެ.

Wamco

ޓާމިނަލް 1 އިން މި ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު, ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.

ރަސްމިއްޔާތުގައި އެއާއޭޝިއާ ގުރޫޕުގެ ސްޓޭޝަން މެނޭޖަރު އިބްރާހިމް އަބްދުލް ކަރީމް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެއާއޭޝިއާ މެލޭޝިޔާ އިން ފުރި 135 ފަސިންޖަރުނާއި ތައި އެއާއޭޝިއާ އިން ފުރި 144 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާއޭޝިއާ މެލޭޝިޔާގެ ފުރަތަމަ ފްލައިޓް, AK074 އިން ރާއްޖެ އައި 164 ފަސިންޖަރުންނާއި ތައި އެއާއޭޝިއާގެ ފުރަތަމަ ފްލައިޓް, FD175 އިން ރާއްޖެ އައި 138 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެއާއޭޝިއާ މެލޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 22 އޮކްޓޫބަރު 2015 ގައެވެ. ތައި އެއާއޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 11 އޮގަސްޓް 2017 ގައެވެ.

އެއާއޭޝިއާ ގުރޫޕްގެ ދެ އެއާލައިންއާއެކު, 26 ޖުލައި 2025ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 25 އަށް އިތުރުވެފައެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC