
-
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ އުތުރުން ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް މިއަދުގެ 14:50 އިން ފެށިގެން މިރޭގެ 20:50 އާއި ހަމައަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
އުތުރަށް މޫސުން ގޯސްވެފައިވަނީ ރާއްޖެއާއި އިރުން ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންކަން މޫސުމާއި ބެހޭ އިދާރާއިން މިއަދު އާންމުކުރި ސެޓްލައިޓް ފޮޓޯތަކުން ހާމަވެއެވެ.
ގުޅުންހުރި

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު: ކަނޑުތައް ގަދަވާނެ!

މޫސުމީ ބަދަލުތަކާ ގުޅޭ ޖެންޑަރ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

މެޓް އޮފީހަށް 47 އަހަރުދުވަހު ހިދުމަތް ކުރެއްވުމަށްފަހު އަލީ ޝަރީފް ރިޓަޔާކުރައްވައިފި

.gif&w=3840&q=75)



