
-
ބްރިޓިޝް ހައި ކޮމިޝަން އިން ދަ މޯލްޑިވްސްއާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ކުރިއަށް ގެންދާ “ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ޓްރެއިނިންގ” ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމަށް މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމު ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢިސްމާއީލް ނަވީންއެވެ.
މި މަހު 17 އިން 20 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ބޮޑެތި ކާރިސާތަކުގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ބޭނުންވާ އިލްމާއި ހުނަރުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދަސްކޮށްދީ އަދި މަސައްކަތްކުރުމުގެ ގާބިލުކަން މުވައްޒަފުންގެ ކިބައިގައި އިތުުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޓްރެއިނިންގ ޕްރޮގްރާމުގައި މައުލޫމާތު ދެއްވާނީ ޔޫކޭ ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަންގެ ތަޖުރިބާކާރުންނެވެ.
މި ޕްރޮގްރާމުގައި، ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން، ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ރޯލްސް އެންޑް ރެސްޕޮންސިބިލިޓީސް، ހެލްތު ސޭފްޓީ އެންޑް ވެލްބީންގ އަދި ކްރައިމް ސީން މެނޭޖްމަންޓް، ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ރިކަވަރީގެ އިތުރުން އިންޓަޕޯލް ޑޮކިޔުމެންޓޭޝަން އަދި ރިކޮންސިލިއޭޝަން އެންޑް ރިޕެޓްރިއޭޝަން މައުލޫގެ ދަށުން ޓްރެއިނިންގތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، އެއާޕޯޓް ފަޔަރ އެންޑް ރެސްކިޔުއާއި، މިނިސްޓްރީ އޮފް ހެލްތުގެ އެމެޖެންސީ މެޑިކަލް ސާވިސަސްގެ މުވައްޒަފުން ހިމެނޭހެން ޖުމުލަ 19 މުވައްޒަފުން ބައިވެރިވެއެވެ.
ގުޅުންހުރި

ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ޓްރެއިނިންގ ފަށައިފި

އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ފަށައިފި

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ





