logoEN
Sto top
ހިޔާ އަދި ވިނަރެސް ފްލެޓްތަކަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް ރައީސް ނިންމަވައިފި

ހިޔާ އަދި ވިނަރެސް ފްލެޓްތަކަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް ރައީސް ނިންމަވައިފި

އަހުމަދު ޝުރާއު

logo

11/16/2025, 10:05:34 AM

# ރައީސް މުއިއްޒު

-

ހިޔާ އަދި ވިނަރެސް ފްލެޓްތަކަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

Wamco

ރައީސް މިފަދައިން ނިންމެވިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ،ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢު ތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އާއެކު ސަރުކާރުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މިމަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ހިޔާ ފްލެޓް ތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށާއި، އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %9 އިން %8 އަށް ކުޑަ ކުރުން އެއީ ކުރެވިދާނެކަމެއްކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މަޢުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ވާނީ ދަންނަވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯނުތަކަށް ގެންނަ ލުއިތަކުގެ ތަފްސީލް މިއަދުގެ ވަގުތެއްގައި ބޭންކް އޮފް މޯލްޑިވްސްއިން ރަސްމީކޮށް ހާމަކުރާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC