logoEN
Sto top
ރާއްޖެއާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް, ރައީސް ބައްލަވައިގެންފި

ރާއްޖެއާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް, ރައީސް ބައްލަވައިގެންފި

އަހުމަދު ޝުރާއު

logo

11/13/2025, 6:20:06 PM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް ބައްލަވައިގެންފިއެވެ.

Wamco

މި ރަމްޒީ ޓިކެޓު ރައީސުލްޖުމްހޫރިއްޔާއާއި ޙަވާލުކޮށްދެއްވީ މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙުމަދު ތާރިޤެވެ.

ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ކުޅެވޭ އެކުވެރިކަމުގެ ފުރަތަމަ މެޗު މިރޭ ކުޅެވޭއިރު ދެ ޓީމުގެ މެދުގައި ކުޅެވޭ ދެވަނަ މެޗު އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މެޗުތަކާ ގުޅިގެން ވިއްކާ ސްވެނިއާ ޓިކެޓްތަކަކީ ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީތެރިވުމަށްޓަކައި އެފް.އޭ.އެމުން ވަކި އަދަދަކަށް ވިއްކާ ޓިކެޓްތަކެކެވެ. ޕްލެޓިނަމް އަދި ގޯލްޑް ކެޓަގަރީ ހިމެނޭ މި ޓިކެޓްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައްލަވައިގެންނެވީ ޕްލެޓިނަމް ޓިކެޓެވެ. މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފް.އޭ.އެމުން ހާމަކުރައްވާފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC