
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
# ރައްޔިތުންގެ މަޖިލީހުގެ ރައީސް-
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓް އޮފް ޕާކިސްތާނުގެ ރައީސް، އޮނަރަބަލް ޔޫސުފް ރަޒާ ގިލާނީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިސްލާމްއާބާދުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ) ގެ ހަވާސާގައި ބޭއްވުނު މި ބައްދަލުވުމުގައި، މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲވަނީ، އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގެ ކާމިޔާބީ ފާހަގަކުރައްވައި، ސުލްޙައާއި ސަލާމަތާއި ތަރައްޤީއާ ގުޅޭގޮތުން ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބާރުލުން ދިނުން ކުރިއެރުވުމުގައި އެ ކޮންފަރެންސްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، އެ ކޮންފަރެންސްގެ ނަތީޖާތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި، އަދި ޢާންމު ގޮންޖެހުންތައް ހައްލުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ލިބޭނެކަން ކަށަވަރުކޮށްދެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން ދިވެހި ވަފުދަށް ދެއްވި މެހެމާންދާރީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އަދި، އިސްލާމްއާބާދުގައި އިއްޔެ ދިން ހިތާމަވެރި ހަމަލާގައި ފުރާނަ ގެއްލުނު ފަރާތްތަކާއި އަނިޔާވި މީހުންގެ ޢާއިލާތަކަށް ހިތުގެ އަޑިން ތަޢުޒިޔާ ވިދާޅުވެ، ޓެރަރިޒަމްގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.
ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އަމާން ދުނިޔެއެއް ބިނާކުރެވޭނީ އުއްމީދާއި އިންސާފާއި އިންސާނީ އެއްބައިވަންތަކަމުގެ މައްޗަށް - އަބްދުއްރަހީމް





