
-
ހުޅުމާލެ ފަޅު ތެރޭގައި އޮތް ބޯޓެއްގައި ރޯވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެ އަނދަމުންދަނީ ހުޅުމާލެ ފޭސް 1 ސަރަހައްދު ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު މިއަދު 13:00 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު ފަޔަރފައިޓަރުންގެ ޓީމެއް ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
ދިގުމިނުގައި 40 ފޫޓު ހުރި މި ބޯޓުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ ރައްޔިތެއްގެ އަތާއި ފައި ފިހިގެން އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ޕެޓްރޯލް ލޯންޗު ހަރަކާތްތެރިވެފައިވެއެވެ.
ގުޅުންހުރި

އިންޓަނެޓް ސްކޭމްތަކާ ދެކޮޅަށް ސިންގަޕޫރު ފުލުހުންގެ ތަޖުރިބާ ހޯދުމަށް ޚާއްސަ ބައްދަލުވުމެއް!
.jpg&w=3840&q=75)
ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ތަރުޖަމާނަކަށް ސުޕްރިންޓެންޑެންޓް ޢާރިފް!

ޑްރަގް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހޯދަނީ




