logoEN
Sto top
ބީއެމްއެލްގެ ޑޮލަރު ސޫޓް ކޭސް ފޭރުނު މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށް، ހަތަރު މީހަކު ފުރުން މަނާކޮށްފި

ބީއެމްއެލްގެ ޑޮލަރު ސޫޓް ކޭސް ފޭރުނު މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށް، ހަތަރު މީހަކު ފުރުން މަނާކޮށްފި

އަހުމަދު ޝުރާއު

logo

11/10/2025, 8:32:49 AM

# ބީއެމްއެލް# ދިވެހި ފުލުހުންގެ ޙިދުމަތް

-

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ސޫޓްކޭސް ފޭރުނު މައްސަލައާއި ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށްފި އެވެ.

Wamco

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ހިންގި ފޭރުމުގެ އަމަލާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު މި މައްސަލައާއި ގުޅިގެން ގއ. ވިލިނގިލި، ބިނާ އުމުރުން 27 އަހަރުގެ ބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު ހައްޔަރުކުރި އިރު މިދިޔަ އަންގާރަ ދުވަހު . ވިލުފުށި، އެހީވާގެ އުމުރުން 44 އަހަރުގެ އަހުމަދު މާހިދު ވަނީީ ހައްޔަރުކޮށްފައެވެ. އަދި ސ. ހިތަދޫ، ވަށަގުލިމާގެ އުމުރުން 21 އަހަރުގެ އަލީ އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.

އަދި މި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މި ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިއާއިއެކު މި މައްސަލައާއި ގުޅިގެން މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 7 އަށް އަރާފައި އެވެ. މި މައްސަލައާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރި 4 މީހުންނަކީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ. މި ހަތަރު މީހުންނަކީވެސް މި ފޭރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ހަތަރު މީހުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މި މައްސަލާއާއި ގުޅުންހުރި އިތުރު ހަތަރު މީހަކު ފުރުން ވެސް މަނާކޮށްފައިވާ ކަމަށާއި ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ އާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް ބަލާފައިވާ ކަމަށެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓްކޭސްއެއް، ފޭރިގަތް މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ 2025 އޮކްޓޯބަރ 27ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރު އެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި، ފޭރިގަތް ބްރީފް ކޭސްގައި ހުރީ ލައްކައެއްހާ ޑޮލަރެވެ. މި ފައިސާއަކީ ފުރާ މީހުންނަށް ދޫކުރުމަށް އެމްއެމްއޭއިން ދޫކުރާ ފައިސާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ސޫޓްކޭސް އެވަގުތު ހިފައިގެންދިޔައީ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC