logoEN
Sto top
ހަނިމާދޫ އެއާޕޯޓުގެ 72 އިންސައްތަ މަސައްކަތް ނިންމީ މި ސަރުކާރުން - ޝަރީފް

ހަނިމާދޫ އެއާޕޯޓުގެ 72 އިންސައްތަ މަސައްކަތް ނިންމީ މި ސަރުކާރުން - ޝަރީފް

އަހުމަދު ޝުރާއު

logo

11/9/2025, 3:53:47 PM

# އެމްއޭސީއެލް# ރައީސް މުއިއްޒު

-

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިއިރު ހަނިމާދޫ އެއާޕޯޓުގެ 72 އިންސައްތަ މަސައްކަތް އޮތީ ނުނިމި ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ނިމިގެންދިޔައީ ރައީސް މުއިއްޒުގެ އިރުޝާދާއިއެކުގައި ކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްވެއްޖެ އެވެ.

Wamco

ޝަރީފް މިފަދައިން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ނިމި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ޝަރީފް ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މި މަޝްރޫއުގެ ނިމިފައި އޮތީ ގާތްގަނޑަކަށް 28-30 އިންސައްތަ މަސައްކަތް ކަމަށެވެ. މިކަމާއި ގުޅޭގޮތުން ތަފާތު ބީދައިން އެކި ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް މިފަދަ ފެސިލިޓީއެއް ހިންގުމަށްޓަކައި މަޝްރޫއުގެ ތެރެއިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުންނާނެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ މިސަރުކާރުން ހަވާލުވިއިރު އެއާޕޯޓުގެ ޕަސެންޖާރ ޓާމިނަލްވެސް ހިމެނޭހެން ޖެޓީއާއި ފަޔާ ސްޓޭޝަން އަދި އިންޖީނު ގޭގެވެސް މަސައްކަތް އޮތީ ނުނިމި ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިމިގެންދިޔައީ ރައީސް މުއިއްޒުގެ އެހީތެރިކަމާއި އެކަމަށް ބާރު އެޅުއްވުމުގެ ސަބަބުންކަން ފާހަގަކުރައްވައި ޝަރީފް މި މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ނިމިގެން ގޮސްފައިވަނީ އެމަނިކުފާނާއި ކަމާބެހޭ ވަޒީރުންގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ.

ޝަރީފްގެ ވާހަކަފުޅުގައި ވަނީ މި އެއާޕޯޓަށް މާދުރު ނޫން މުސްތަގްބަލެއްގައި 1.5 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވިގެންދިޔުމަކީ ސަރުކާރާއި އެމްއޭސީއެލްގެ އަމާޒުކަމަށް ވިދާޅުވެފައި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެވެ. އިންޑިއާގެ ލޯނު އެހީގައި ތަރައްޤީކޮށް މިދިޔަ މަހު ނުރަސްމީކޮށް ބޭނުންކުރަންފެށި ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއްވަނީ ތަރައްޤީކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC