
ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވަމުންދިޔަ ބޭރުގެ ބޯޓެއް، ޑްރޯންގެ އެހީގައި އަތުލައިގަނެފި
# އެމްއެންޑީއެފް-
ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވަމުންދިޔަ ބޭރުގެ ބޯޓެއް، ޑްރޯންގެ އެހީގައި އަތުލައިގަނެފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވި، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
ނަމަވެސް މިކަމާގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި މިހާތަނަށް ހިއްސާކޮށްފައި ނުވެއެވެ.
އަތުލައިގަތް ބޯޓުގެ ޑްރޯން ފޮޓޯއެއް ސިފައިން އާންމުކުރި އިރު އެބޯޓު ވައްތަރީ މީގެ ކުރީންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަށް އަވަށްޓެރި ލަންކާއާއި އިންޑިއާގެ މަސްވެރިން ރާއްޖެއަށް ވަދެ އުޅޭ ކަހަލަ ބޯޓަކާއިއެވެ.
މި ބޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަންވެސް ސިފައިން މިއަދު ވަނީ ހާމަކޮށްފައެވެ. ސިފައިން ބުނީ މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށާއި ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު 5ވަނަ ދުވަހުގެ ރޭގަނޑު ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި

ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވަމުންދިޔަ ބޭރުގެ ބޯޓެއް، ޑްރޯންގެ އެހީގައި އަތުލައިގަނެފި
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ

ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް!





