
ތިނަދޫއާއި ވިލިނގިލި އަދި ކުޅުދުއްފުށީގައި ވަގްފު އިމާރާތްތައް ތަރައްޤީކުރަން ހަވާލުކޮށްފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
ތިނަދޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީ އަދި ގއ ވިލިނގިލީގައި ވަގްފު އިމާރާތް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. މީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.
މިގޮތުން ތިނަދޫ ސިޓީގައި އާއި ވިލިނގިލީގައި ވަޤުފް އިމާރާތެއް ބިނާކުރަން ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި އިރު ކުޅުދުއްފުށި ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއިވަނީ ހަވާލުކޮށްފައެވެ.
މި ތިން ވަގްފު އިމާރާތުގެ މަސައްކަތްވެސް ކުންފުނިތަކާއި ހަވާލުކުރީ ކޮންމެ މަޝްރޫއުއަކަށް 10 މިލިއަން ރުފިޔާއަށެވެ.
މިވަޤްފު މަޝްރޫއުތަކަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް ތަކެކެވެ. މި އިމާރާތްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތްތަކެއް ކަމަށް އިސާލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
މި މަޝްރޫޢުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުތަކެކެވެ.
އަތޮޅުތަކުގައި ޤާއިމް ކުރެވޭ ވަޤުފް ޢިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ. މި ޢިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަ ޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.
ގުޅުންހުރި

ތިނަދޫއާއި ވިލިނގިލި އަދި ކުޅުދުއްފުށީގައި ވަގްފު އިމާރާތްތައް ތަރައްޤީކުރަން ހަވާލުކޮށްފި

ދާރުއްސަލާމް އަދި ދާރުލް އަރްޤަމް މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ބީއެމްއެލް އިސްލާމިކްއާއެކު ފަހުމުނާމާގައި ސޮއިކޮށްފި

މާލޭގެ ދާރުލްއަަރުޤަމް ވަޤުފް އިމާރާތުގެ މަސައްކަތް 39 މިލިއަން ރުފިޔާއަށް އާރުސީސީއަށް!





