
-
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތައް ޕްރައިވެޓް ސެކްޓަރު، ނުވަތަ އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމަށް މާލޭގެ ބާސެލޯ ނަސަންދުރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއްގައި ބާއްވާފައި އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. އަދި އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި މާލީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައިޖުމުލަ 9 ދާއިރާއަކުން މަޝްރޫޢުތައް ހަވާލުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ކުޅިވަރުގެ ދާއިރާއިންނެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން ޖުމުލަ 52 މަޝްރޫއެއް ހަވާލުކުރި އިރު ދެވަނައަށް އެންމެ ގިނަ މަޝްރޫއުއެއް ދާޙިލީ ދާއިރާއިން ޖުމުލަ 39 މަޝްރޫއެއް ހަވާލުކޮށްފައިވެއެވެ. މީގެ އިތުރުން
- ތަޢުލީމީ ދާއިރާ - 31 މަޝްރޫޢު
- ޞިއްޙީ ދާއިރާ - 30 މަޝްރޫޢު
- ތިމާވެށީގެ ދާއިރާ - 24
- މަސްވެރިކަމުގެ ދާއިރާ - 2 މަޝްރޫޢު
- ގެދޮރުވެރިކަމާއި ބިނާވެށީގެ ދާއިރާ - 13 މަޝްރޫޢު
- ދީނީ ދާއިރާ - 14 ދާއިރާ
- ޒުވާނުންގެ ދާއިރާ - 1 މަޝްރޫޢު
މި މަޝްރޫއުތައް ސަރުކާރުން ހަވާލުކޮށްފައިވަނީ ޖުމުލަ 53 ކުންފުންޏަކާއި އެވެ. އެގޮތުން އެކުންފުނިތައް ކަނޑައަޅާފައިވަނީ ތިން އަހަރުގެ ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހެޅުމާއިއެކު އެކަމަށް ރިޔާއަތްކޮށްގެންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވިދާޅުވީ މިދިޔަ ދެ ދުވަހު ސޮއިކުރި މަޝްރޫޢުތަކާއެކު 216 މަޝްރޫޢު ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދަކީ ސަރުކާރަކުން އެންމެ ގިނަ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ދުވަސްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއަދު ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި 13 ރަށެއްގައި 825 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.
އަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހަވާލުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ގުޅުންހުރި

206 މަޝްރޫޢުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ފެށޭނެ، ފައިސާ ދެއްކުމުގައި އެއްވެސް ތާށިކަމެއްނެތް - ރައީސް

ތަރައްޤީގެ 206 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފި

ރާއްޖޭގެ ކޮންމެ ރަށެއްގައި، ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެއް ފެންވަރެއްގައި ޚިދުމަތް ލިބެންޖެހޭ - ރައީސް





