
ހުޅުދޫ މީދޫ ސިއްހީ މަރުކަޒު ، ހޮސްޕިޓަލަށް އަޕްގްރޭޑްކުރުމުގެ މަޝްރޫއު ގްލަޓް އިންވެސްޓްމަންޓާއި ހަވާލުކޮށްފި
# އައްޑޫ ސިޓީ-
އައްޑޫ ސިޓީ ހުޅުދޫ މީދޫ ސިއްހީ މަރުކަޒު ، ހޮސްޕިޓަލަށް އަޕްގްރޭޑްކުރުމުގެ މަޝްރޫއު ގްލަޓް އިންވެސްޓްމަންޓާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑޫ ސިޓީގެ ފުރަތަމަ މަންޒިލަކަށް ހުޅުދޫއާއި މީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުالله ނާޒިމް އެވެ. އަދި ގްލަޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝިޔާމް އެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ހުޅުދޫއާއި މީދޫ ރައްޔިތުން ބޭނުންކުރަމުން އަންނަ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ އައު އިމާރާތުގެ މަސައްކަތް އެކުންުފުނީން ކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އެ އިމާރާތުގައި މުވައްޒަފުންނަށް ބޭނުންވާނެ އިތުރު ވަސީލަތްތަކާއި ހޮސްޕިޓަލުން ލިބެންޖެހޭ އަސާސީ ހުރިހާ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގަ އިތުރުކުރުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.
ގުޅުންހުރި

އައްޑޫ އިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންތަކެއް ހައްޔަރުކޮށްފި

އައްޑޫގައި ޑީވީ ޝެލްޓާއެއް ޤާއިމުކުރުމަށް ބަޔަކާއި ހަވާލުކޮށްފި

އައްޑޫ ސިޓީ ހިތަދޫ ގައި ޕޮލިސް ސްޓޭޝަނެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި





