logoEN
Sto top
އެމް.އެން.ޔޫގެ އައުޓްރީޗް ކެމްޕަހެއް އުނގޫފާރުގައި ޤާއިމުކުރަނީ

އެމް.އެން.ޔޫގެ އައުޓްރީޗް ކެމްޕަހެއް އުނގޫފާރުގައި ޤާއިމުކުރަނީ

އަހުމަދު ޝުރާއު

logo

11/5/2025, 8:52:17 AM

# އެމްއެންޔޫ

-

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ރ.އުނގޫފާރު ކައުންސިލާއި ދެމެދު އެ ރަށުގައި އެމް.އެން.ޔޫގެ އައުޓްރީޗް ސެންޓަރު ޤާއިމުކުރުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.

Wamco

މި އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ ސޮއިކުރައްވައިފައެވެ. އަދި ރ.އުނގޫފާރު ކައުންސިލްގެ ފަރާތުން، ކައުންސިލް ރައީސް، އަބްދުﷲ ރަޝީދު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.

މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާނުންނަށް އަތޮޅުތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތައް ލިބިގެންދިޔުމާއެކު، ދިވެހިރާއްޖެއަށް މުހިއްމު އެކި ދާއިރާތަކުން ހަރުދަނާ، ޤާބިލް ޒުވާނުން ބިނާކުރުމުގެ މަގުފަހިވެގެންދާނެއެވެ.

އެގޮތުން، އެ ޒުވާނަކު ކުރިއަރައިދިޔުމަށް ޝައުގުވެރިވާ ދާއިރަކުން ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މިފަދަ އެތަށް މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC