logoEN
Sto top
ދެކުނުގެ 4 އަތޮޅުގެ ކުނިތައް ނައްތާލުމަށް ވެމްކޯއަށް ވަކިން ޚާއްސަ ރަށެއް ހަމަޖައްސައިދީފި

ދެކުނުގެ 4 އަތޮޅުގެ ކުނިތައް ނައްތާލުމަށް ވެމްކޯއަށް ވަކިން ޚާއްސަ ރަށެއް ހަމަޖައްސައިދީފި

އަހުމަދު ޝުރާއު

logo

11/5/2025, 2:03:53 AM

# ރައީސް މުއިއްޒު

-

ދެކުނުގެ 4 އަތޮޅުގެ ކުނިތައް ނައްތާލުމަށް ވެމްކޯއަށް ވަކިން ޚާއްސަ ރަށެއް ހަމަޖައްސައިދީފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

Wamco

ރައީސް މިކަން ހާމަކުރެއްވީ އިއްޔެ ދެކުނުގެ ދެ ސިޓީއަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލަކަށް ފުވައްމުލައް ސިޓީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ރައީސްގެ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކުގައި ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަނާއި ހަވާލުކޮށްގެން ތަރައްޤީކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް އިއްޔެ ހަވީރު ވަނީ ފަށާފައި އެވެ.

އެކަމަށް އިޝާރަތްކުރައްވައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފުވައްމުލަކު ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމަށެވެ. އެގޮތުން ފުވައްމުލަކު ސިޓީއާއެކު، ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅުގައި ގިނަ ދުވަސްތަކެއްވަންދެން ޖަމާވަމުންދިޔަ ކުނިތައް ނައްތާލުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަޙައްދުން ރަށެއް، ވެމްކޯއަށް ހަމަޖައްސަވައިދެއްވާފައި ވާކަން ރައީސް ހާމަކުރެއްވިއެވެ.

ނަމަވެސް ވެމްކޯއާއި ހަވާލުކުރީ އެސަރަހައްދުން ކޮން ރަށެއް ކަމެއް ރައީސް ހާމަނުކުރައްވައެވެ.

އިއްޔެ ފެށިގެންދިޔަ ކުނި މެނޭޖްކުރާ މަރުކަޒުގެ މަޝްރޫއަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ އިއްޔެ ފެށީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަޝްރޫޢެއްކަމަށެވެ. މި މަޝްރޫޢަކީ ތިމާވެށީގެ ގޮތުން ބަލަންޖެހޭ ކަންކަމަށްވެސް ރިޢާޔަތްކުރެވި، ބަޖެޓް ހަމަޖެހިފައި އޮތް މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC