
ފުވައްމުލަކުން އިތުރު 6.58 ކިލޯމީޓަރުގެ 40 މަގު ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްޤީ ކުރަނީ
# ފުވައްމުލައް ސިޓީ-
ފުވައްމުލަކު ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ފުވައްމުލަކަށް ވަޑައިގެން މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 6.58 ކިލޯމީޓަރުގެ 40 މަގު ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
މީގެ އިތުރުން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި ސަރވިސް ލައިން އެޅުމާއި ޤުދުރަތީ ގޮތުން ފެން ހިނދޭ ނިޒާމެއް ހަރުކުރުމާއި ޕޭވްމަންޓެއް ހެދުމާއި ދުއްވާ ސަރަހައްދެއް ޤާއިމު ކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.
މި މަޝްރޫޢަކީ 168.52 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ފުވައްމުލައް ސިޓީގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް މީގެ ކުރީން ހަވާލުކުރީ އެމްޓީސީސީއާއިއެވެ.
ގުޅުންހުރި

ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ބަލާފާސްކޮށް ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނު އަތުލައިގަނެފި

ފުވައްމުލައް ސިޓީގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ޑިޖިޓަލް ޗާޓް އިފްތިތާޙްކޮށްފި

ދަނޑުވެރިކަމުގެ ގައުމީ ލެބޯޓެރީ ފުވައްމުލަކުގައި ގާއިމްކޮށްފި

.gif&w=3840&q=75)



