logoEN
Sto top
ފުވައްމުލަކުގައި 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ފުވައްމުލަކުގައި 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

11/4/2025, 2:20:22 PM

# ފުވައްމުލައް ސިޓީ

-

ޏ ފުވައްމުލަކުގައި 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

Wamco

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

ރައީސްގެ ހާޒިރުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހައުސިންގ މިނިސްޓަރު އަބްދުالله މުއްތަލިބް އާއި މި މަޝްރޫއުގެ ކޮންޓްރެކްޓަރު ޕީޓީ، ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑުގެ ޕްރޮޖެކްޓްސް މެނޭޖިން ޑިރެކްޓަރ ނަޖާހު ޝަރީފް އާއި ފުވައްމުލަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނެވެ.

ޑިޒައިން އެންޑް ބިޑް އުސޫލުން ފުވައްމުލައް ސިޓީގައި 400 ޔުނިޓް ފްލެޓް އެޅުމުގެ މަސައްކަތް ޕީޓީ، ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑުއާއި ހަވާލުކުރީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެވެ.

މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ އެއްހާސް އަކަފޫޓުގެ 400 ފްލެޓެވެ. ފްލެޓެއްގައި ހިމެނެނީ 3 ކޮޓަރި، 3 ފާހަނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމެކެވެ. މި ހައުސިންގ ޔުނިޓްތައް 11 ބުރިއަށް އިމާރަތްކުރެވިގެންދާއިރު ގްރައުންޑް ފްލޯރ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރިތަކަށާއި މެއިންޓެނެންސް އޮފީސް އަދި ފްލެޓުގެ ކޮންމެ އެޕާޓުމެންޓަކަށް ހާއްސަ ޕާކިންގް ލޮޓުތަކެއް ހެދިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC