
ދިގު އިންތިޒާރަކަށް ނިމުމެއް: ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ހިދުމަތް ފަށައިފި
# ފުވައްމުލައް ސިޓީ-
ފުވައްމުލަކު ސިޓީގައި ހުންނަ ޏ އަތޮޅު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ހިދުމަތް ފަށައިފި އެވެ.

މި ހިދުމަތް ރަސްމީކޮށް ފެށީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
އެގޮތުން ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނުގެ އަރިގައި ހެލްތު މިނިސްޓަރު އަހުމަދު ނާޒިމް އާއި ފުވައްމުލައް ސިޓީގެ މޭޔަރުވެސް މިއަދުގެ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށްފަހު ރައީސް ވަނީ ސިޓީ ދިނުމަށް ތަރައްޤީކުރި ޚާއްސަ ތަން ބައްލަވާލައްވާފައި އެވެ.
ދުވާލަކު 150 އާއި 200 އާ ދެމެދުގެ މީހުން ހިދުމަތް ހޯދަމުން އަންނަ ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގައެވެ. އެގޮތުން ސީޓީ ސްކޭނުގެ ހިދުމަތް ގާއިމްކުރުމަށް ޓަކައި، އިމާރާތަށް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހާވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ.
މިއީ 2.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެ މަޝްރޫއެކެވެ.
އެސިޓީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ހިދުމަތަކީ ސީޓީ ސްކޭންގެ ހިދުމަތްކަން އެރަށު ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ގުޅުންހުރި

ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ބަލާފާސްކޮށް ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނު އަތުލައިގަނެފި

ފުވައްމުލައް ސިޓީގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ޑިޖިޓަލް ޗާޓް އިފްތިތާޙްކޮށްފި

ދަނޑުވެރިކަމުގެ ގައުމީ ލެބޯޓެރީ ފުވައްމުލަކުގައި ގާއިމްކޮށްފި

.gif&w=3840&q=75)



