
-
ފުވައްމުލައް ސިޓީގެ ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
ރައީސްގެ ހާޒިރުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ސިޓީ ތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި އެސިޓީގެ މޭޔަރުގެ އިތުރުން ފުވައްމުލަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޓިކް ޓެކް އިންވެސްޓްމަންޓާއެވެ. މިއީ 420 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރި މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ފަސް ބުރީގެ އާ އިމާރާތެއް ތަރައްޤީކޮށް ގިނަ އަދަދެއްގެ ކުލާސް ރޫމްތަކާއި ލެބޯޓްރީ އާއި އޮފީސް ޖާގަ ހިމެނޭނެ އެވެ.
މި މަޝްރޫއުގެ އަގަކީ 36 މިލިއަން ރުފިޔާއެވެ.
ގުޅުންހުރި

ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ބަލާފާސްކޮށް ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނު އަތުލައިގަނެފި

ފުވައްމުލައް ސިޓީގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ޑިޖިޓަލް ޗާޓް އިފްތިތާޙްކޮށްފި

ދަނޑުވެރިކަމުގެ ގައުމީ ލެބޯޓެރީ ފުވައްމުލަކުގައި ގާއިމްކޮށްފި

.gif&w=3840&q=75)



