
ފުވައްމުލަކު ކުނި މެނޭޖްކުރާ މަރުކަޒު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
# ފުވައްމުލައް ސިޓީ-
ޏ ފުވައްމުލަކުގައި ތަރައްޤީކުރާ ޒަމާނީ ކުނި މެނޭޖްކުރުމާއި ވަސީލަތްތައް ބޭނުންކުރުމުގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
ރައީސްގެ ހާޒިރުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ސިޓީ ތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވާ ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލްއާއި އެސިޓީގެ މޭޔަރުގެ އިތުރުން ފުވައްމުލަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނެވެ.
މި މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ވެފައިވާ ވަޢުދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ވެމްކޯއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުއާއިއެކު ތަރައްޤީކުރެވިގެންދާނެ މަރުކަޒަކީ، ރަށުގައި ދިމާވާ ކުނި ނައްތާލުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ މަރުކަޒެކެވެ. މި މަސައްކަތް ނިމި، މަރުކަޒު ހުޅުވުމުން ރަށުގެ ކުނި ރަނގަޅު ގޮތުގައި ވަކިކޮށް، ރީސައިކަލްކޮށް، ނައްތާލުމުގެ ކަންކަން ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ގުޅުންހުރި

ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ބަލާފާސްކޮށް ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނު އަތުލައިގަނެފި

ފުވައްމުލައް ސިޓީގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ޑިޖިޓަލް ޗާޓް އިފްތިތާޙްކޮށްފި

ދަނޑުވެރިކަމުގެ ގައުމީ ލެބޯޓެރީ ފުވައްމުލަކުގައި ގާއިމްކޮށްފި

.gif&w=3840&q=75)



