
މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ށ. އަތޮޅު ރިސޯޓެއްގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ފޯކައިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ވ. ފެލިދޫ / ސްނޯލައިޓް، މުޙައްމަދު ނަލީޒު (41އ) އެވެ.
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ކަރުދާސްގަނޑެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ނަލީޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލެ ޕޮލިސް އިން ހާއްސަ ހަރަކާތްތަކެއް!
.jpg&w=3840&q=75)
ރަސްގެތީމުގެ ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަންތިބި 9 މީހަކު ހައްޔަރުކޮށްފި





