
ނަޞްރުގެ ދުވަހުގެ ސިފައިންގެ ފޮޓޯ މައުރަޒާއި އަސްކަރީ ހުށަހެޅުމެއްގެ އިތުރުން ކުޑަކުދިންގެ ހަވީރެއް މިފަހަރު ތިނަދޫ ސިޓީގައި!
# ދިވެހި ސިފައިން-
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިން ޚާއްސަ ހަރަކާތްތަކެއް ތިނަދޫ ސިޓީގައި ކުރިޔަށް ގެންދިޔުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި ސިފައިންގެ އަސްކަރީ ހުށަހެޅުމަކާއި ކުޑަކުދިންގެ ހަވީރެއް ގދ. ތިނަދޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ސިފައިންގެ ފޮޓޯ މައުރަޒު، ތިނަދޫ ސިޓީގައި ކުރިއަށްދާނީ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު، ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު ކުރިޔަށްދާނީ 8 ވަނަ ދުވަހުގެ ހަވީރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ގައެވެ.
މި ހަރަކާތްތަކުގެ އިތުުރުންވެސް މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ސިފައިން މާލޭގައި ވެސް ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ތައްޔާރުވެފައި އެވެ.
މިގޮތުން މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ. އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު، 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.
އަދި، ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އެ ދުވަހުގެ ހެނދުނު 09:00 ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ނަޞްރުގެ ދުވަހު ކުރިއަށްގެންދަން ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރެއިން، އެ ދުވަހުގެ ހަވީރު 04:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ނަޞްރުގެ ދުވަހުގެ ސިފައިންގެ ފޮޓޯ މައުރަޒާއި އަސްކަރީ ހުށަހެޅުމެއްގެ އިތުރުން ކުޑަކުދިންގެ ހަވީރެއް މިފަހަރު ތިނަދޫ ސިޓީގައި!
.webp&w=3840&q=75)
އަލިހުރަސް ކަނޑުތެރެއިން ބޮޔެއް އޮޔާދާތީ، ސަމާލުވުމަށް އިލްތިމާސްކޮށްފި

އަޑިޔަށް ދިޔަ ނަސްރު ބޯޓުގެ ބައެއް ތަކެތި އޮޔާދާތީވެ ސަމާލުވާން އެދެފި





