logoEN
PNC TOP 3
ހުޅުދޫ ފަޅު ގޯއްޗެއްގައި އަލިފާނުގެ ހާދިސާއެއް!

ހުޅުދޫ ފަޅު ގޯއްޗެއްގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

2/20/2026, 4:05:39 PM

# ދިވެހި ސިފައިން

-

އައްޑޫ ސިޓީ، ހުޅުދޫ ފަޅު ގޯއްޗެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

PNC MID 2

ސިފައިން ބުނީ މި ހާދިސާގެ މަޢުލޫމާތު މިރޭ 18:56 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.

ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 19:11 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައިނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC